English Edition
Dhivehi Edition
ފުވައްމުލަކު ބަންޑާރަ ކިޅި.

ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިސާރވަށް އެޑްވައިސަރީ ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ފުވައްމުލައް ސިޓި ކައުންސިލުން ކުރި އިއުލާނުގައި ވަނި މި ކޮމެޓީގައި ހިމެނޭނީ ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިސާރވާއި ބެހޭގޮތުން ގޮތްނިންމުމަށް ލަފާ ހޯދުން މުހިންމު ކޮންމެ އިދާރާއެއް/ދާއިރާއެއް ތަމްސީލުކުރާ އެއް މެމްބަރުންކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނި މި ކޮމެޓީ އެކުލަވާލުމުގެ މަޤްސަދަކީ ބަޔޮސްފިއަރ ރިސާރވެއްގައި ހުންނަންޖެހޭ ސިފަތައް ހާސިލުކުރުމަށް، ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ގޮތްނިންމުމުގައި އަދި ތަންފީޒުކުރުމުގައި ސްޓޭކްހޯލްޑަރުން ބައިވެރިކުރުވާ ލަފާ ހޯދުންކަމަށެވެ. އަދި އަތޮޅު ފެންވަރުގައި އެމްއޭބީ ޕްރޮގްރާމްގެ ލަނޑުދަނޑިތަކާއި މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމަށް ލަފާ ދީ ކޯޑިނޭޓްކުރުމާއެކު ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެ ތަންތަނުން މަންފާ ހޯދޭނެ މަގުފަހިކޮށް، އިޤްތިސާދު ކުރިއެރުވުންކަމަށެވެ.

އެހެންކަމުން ގެސްޓް ހައުސް އަދި ހޯމް ސްޓޭ ދާއިރާއިން، ފުވައްމުލައް ބަޔޮސްފިއަރ ރިސާރވް ގެ އެޑްވައިސަރީ ކޮމެޓީއަށް އައްޔަން ކުރާނެ ބޭފުޅަކާއި އަދި އެ ބޭފުޅަކަށް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވިއްޖެ ހާލަތެއްގައި ބަދަލުގައި ބައިވެރިވާނެ މެމްބަރެއް ހޮވުމަށް ބޭއްވޭ ބައްދަލުވުން އޮންނަނީ 9 އޮކްޓޯބަރު 2022 ވަނަ ދުވަހުގެރޭ 20:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރެނދުމާ މާލަމުގައެވެ.

ދިވެހި ބޭސްވެރިކަން (އަލްޓަނޭޓިވް މެމްބަރެއް ހޮވުމަށް) ބާއްވާ ބައްދަލުވުން އޮންނަނީ 09 އޮކްޓޯބަރު 2022 ވަނަ ދުވަހު ހަވީރު 16:00 ގައެވެ.

އެމްއޭބީ އައިސީސީ ގެ 32 ވަނަ ބައްދަލުވުމުގައި ފުވައްމުލައް ޔުނެސްކޯ ބަޔޮސްފިއަރ ރިސާރވެއް ކަމަށް ކަނޑައަޅާފައިވަނީ 28 އޮކްޓޯބަރ 2020ގައެވެ.