English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

ދޫނޑިގަން އަވަށު ފްލެޓް އެޅުމަށް ކަނޑައެޅިފައިވާ ބިމާއި ބެހޭގޮތުން މަޝްވަރާކުރުމަށް، ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ފުވައްމުލައް ސިޓީގައި އަލަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫޑިގަން އަވަށުގެ މަސްޖިދުއްސަލާމްގެ އިރު އުތުރުން، އާސިމީ މަންޒިލް ގޯއްޗާއި ހަމަޔަށް އޮތް ބިމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މި ބިމުގައި ހުރި ރުއްގަހުގައި ސިޓީ ކައުންސިލްގެ ފަރާތުން ނަންބަރު ޖަހައި ވެރިފަރާތް ހޯދުމަށް އިޢުލާންވެސް ކޮށްފައެވެ. ރު

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ރުއްގަސްތަކުގެ ވެރިފަރާތްތަކުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދަ ލިބިގެން އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމަކާއިއެކު 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލައް ސިޓީކައުންސިލުގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.