English Edition
Dhivehi Edition

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ޚާއްސަ އޮފަރތަކެއް ނެރެފި އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލެވިފައިވާ މި ދެ އޮފާރ ވެސް އޮކްޓޫބަރު މަސް ނިމުމާއި ހަމައަށް ކުރައަށްދާނެ އެވެ.

އެގޮތުން 125ޖީބީ އެންމެ 125 ރުފިޔާއަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކުރުމުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.

އިތުރު ޑެއިލީ ޑޭޓާ އޮފަރ: މި އޮފާރގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެ އެވެ. ހަމަ ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ އެވެ.

މިހާރު މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ނެގޭނެ އެވެ.

މީގެ އިތުރުން ދިރާގުންވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޚާއްސަ ގުރުއަތެއް ވެސް ތަޢާރަފުކޮށްފަ އެވެ. މީގެ ދަށުން ހަތް ނަސީބުވެރިއަކަށް ‘އައުކޭ ޓްރޫ ވަޔާރލެސް އެއާރބަޑް’ ހޯދުމުގެ ފުރުޞަތު ލިބޭނެ އެވެ.

މިގޮތުން ދިރާގުން އެބޭފުޅެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާރ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ޓެގު