English Edition
Dhivehi Edition

ގދ. ވާދޫ ގެއަކުން ވައްކަންކުރި މީހަކު 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.

ގއ. އަދި ގދ. އަތޮޅު ސަބް ރީޖަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ނާހިދު ޙުސައިން ވިދާޅުވީ، 20 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ގދ. ވާދޫ، އަތަމަވިލާ ގޭގައި ހުރި ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓުގެ އަމުރުގެ ދަށުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހޯދިފައިވާ ތަކެތީގެ ތަފްސީލަށް ބަލާލާއިރު،

މާކިޓާ ބްރޭންޑުގެ 02 ބުރުމާ (ޗާރޖަރާ އެއްކޮށް)

ބުރުމާ ކަށި ސެޓް

މާކިޓާ ބުރޭންޑް ގެ ކަރަންޓް ހަނު

މާކިޓާ ބުރޭންޑް ގެ 01 ގުރޭންޑަރ

ގްރޭޑަރ ގެ 03 ބުރު

10 ފީޓް ކަރަންޓް ވަޔަރު (ބޯޑާ އެއްކޮށް)

01 މާކަރީ ލައިޓް (ރީޗާރޖްއެބުލް)

01 މާކަރީ ލައިޓް ( 200 W)

01 ބައިސްކަލެއް ހިމެނެއެވެ.

އިތުރަށް ނާހިދު ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ، ފަނޑިޔާރު ކުރިމައްޗަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށެވެ.