English Edition
Dhivehi Edition

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގިރުގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ ދައުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ،

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަލަމްގިރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ، އެއްޖިންސުން ގުޅުން ހިންގާފައިވާތީ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަލަމްގިރުވަނީ އޮރިޔާން ކާޑު ހެދުމުގެ ސާޅީސް ދައުވާއަށް އިއުތިރާފްވެފައެވެ. އަލަމްގިރުގެ މައްޗަށް ވަކިވަކިން އުފުލި 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމެވެ.

އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އަލަމްގިރު އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާ އޭނާއަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާއާއި އެކު ގުޅުން ހިންގި ހަތަރު މީހެއްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. އަދި އަލަމްގީރު އާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައު މިހާތަނަށް ދައުވާކުރި އެންމެން ވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ.