English Edition
Dhivehi Edition

ކޯސްޓްގާޑާއި މާލޭ އޭރިއާ ކޮމާންޑުން ހުޅުމާލޭ ފަޅު ސާފުކޮށްފި އެވެ.

“އިންޓަރނޭޝަނަލް މެރިޓައިމް ވީކް” ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގި މި ހަރަކާތް ބާއްވާފައިވަނީ މިއަދި ހެނދުނު އެވެ.

މި ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެމްޑީއެފް މާލޭ އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.

މި ގޮތުން މިހަރަކާތުގައި ހުޅުމާލޭ ހުޅަނގު ފަރާތު ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފަ އެވެ.

މި ހަރަކާތުގައި، އެ ސަރަހައްދުތަކުން ސިފައިން ވަނީ، 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައި ސާފުކޮށްފަ އެވެ.