ރ.އަތޮޅު ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެއްޖެ
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
“މި ހާދިސާގެ ރިޕޯޓް އެމްްއެންޑީއެފް ނޮދަން އޭރިއާއަށް ރޭ ދަންވަރު 01:12 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައި. އެގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ އެ ހާދިސާގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފައި. އަދި ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރު” އެމްއެންޑީއެފުން ވިދާޅުވެެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.