English Edition
Dhivehi Edition

މުދަލު ޒަކާތުގެ ނިޞާބު، އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް ކުޑަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45 ރުފިޔާ ކަމަށެވެ. މިއީ 618.80 ރުފިޔާގެ ކުޑަވުމެކެވެ. މި އަހަރުގެ ޖޫން މަހު ކަނޑައަޅާފައިވާ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާއެވެ

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.