English Edition
Dhivehi Edition

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މާދަމާ ހުޅުމާލެ ސައިކްލިންގ ޓްރެކްގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް ލިބުނު ހޫނު ތަރުހީބާއި ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން 17 ސެޕްޓެންބަރު ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 އަދި 17 ސެޕްޓެންބަރުވާ ހުކުރު އަދި ހޮނިހިރު ދެދުވަހުއެވެ. މިއަހަރުގެ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕްގައި 32 ސްކޫލުން 1000 އަށް ވުރެ ގިނަ ކުދިން މި ކެޓެގަރީތަކުގައި ބައިވެރިވާނެއެވެ.

  • 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 3000 މީޓަރުގެ ޓީމް ޕާރސޫޓް – 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާތަކުން ވަކިވަކިން

1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ވަނަ ލިބޭ ކުދިން ހޮވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުންވެސް ޗެމްޕިއަން ސްކޫލް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

ދިރާގާއި ބައިކް މޯލްޑިވްސްގެ އުންމީދަކީ މި މުބާރާތުގެ ޒަރިއްޔާއިން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ޒުވާން އުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން ޕްރޮމޯޓްކުރުމަށެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.