English Edition
Dhivehi Edition

ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް، ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ޤާއިމުކޮށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޓިންގ އޯގަނައިޒޭޝަން (އެސްޓިއޯ) އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ހަންނާނު ޙުސެއިނެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ރިސަރޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުޙައްމަދު އިޙްސާން ވަހީދެވެ.

ހެލްތު މިނިސްޓްރީއާއި އެސް.ޓީ.އޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ފާމަސީ ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް، ހެލްތު ސެންޓަރުގެ ގޯތިތެރެއަށް ބަދަލުކުރުމަށް ނިންމާފައިވަނީ

  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ހއ. ތުރާކުނު
  • އދ. ދިގުރަށް
  • ހއ. ތަކަންދޫ
  • މ. މަޑުއްވަރި
  • ނ. ލަންދޫ
  • މ. ކޮޅުފުށި
  • ބ. ދޮންފަނު
  • މ. ރަތްމަންދޫ
  • ތ. އޮމަދޫ

 

ޓެގު