English Edition
Dhivehi Edition

ގައުމުތައް އުފެދިގެއް އައީ އެގައުމުތަކުގެ ވާހަކައާއި އެކުގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ “ފަހި ކުތުބުޚާނާ” ހުޅުވައުދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ވަނީ އެއް ސަރަހެއްދެއްގައި އުޅޭ ބަޔަކު އެއްގޮތަކަށް ވިސްނާ އެއްގޮތަކަށް އަމަލުކުރަން ފަށައި އެއްބާވަތެއްގެ ކަންތައްތައް ގަބޫލު ކުރަންފެށުމުން ކަމަށެވެ. އަދި އެއް ގާނޫނަކަށް ބޯލަނބަން ނިންމައި އެކުގައި އުޅެން ފެށުމުން ކަމަށެވެ.

މީގެއިތުރުން ރާއްޖެ، ދިވެހިރާއްޖެއަކަށް ވަނީ އެއް ވާހަކައެއް އެންމެން ކިޔާތީ ކަމަށާއި، އެ ވާހަކަ އަކީ ބޮޑުތަކުރުފާނު ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވާހަކައިގެ ފަހުން އެންމެން އެއްގޮތަކަށް ކިޔަމުން ގެންދާ ކަމަށް ކިތަންމެ ވާހަކައެއް، ރައިވަރެއް ބަންޖެއް އެބަހުރި ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

އޭގެތޭރޭގައި ރައީސް ނަޝީދު ފާހަގަ ކުރެއްވީ ބަނޑޭރި ހަސަން މަނިކުފާނާއި ހަސަންތާޖުއްދީނުގެ ވާހަތަކާއި ޅެންތަކެވެ.

ފަހި ކުތުބުޚާނާއަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ގޮތެއްގައި އެންމެހާ އަތޮޅުތަކުގައި ހުރި އެކިކަހަލަ މައުލޫމާތުތަކާއި ރަށްތަކާއި ބެހޭ ގޮތުން ނޭނގޭ އެކިކަހަލަ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ އިވެންޓެކެވެ.

މި އިވެންޓް ކުރިއަށް ގެންދިޔައީ މިއަދު ހަވީރުން ފެށިގެން މިރޭ 10 ޖަހަންދެނެވެ.