English Edition
Dhivehi Edition

މޯލްޑްވިސް ހާފް މެރަތަން 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި, އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާފް މެރެތަންގައި 15 ކިލޯމީޓަރާއި، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަންއާއި އިންލައިން ސްކޭޓިންއާއި ވީލްޗެއާ ރޭސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ، މި ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިންނަށް، ރާއްޖެއަށް ޒިޔާރަތްކޮށް ރޭސް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ހާފް މެރަތަންގެ ރޭސް ޑައިރެކްޓަރު ހުސައިން ޝުޖާއު ވިދާޅުވީ މޯލްޑިވްސް ހާފް މެރަތަން 2022 ލޯންޗް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

މި ދުވުމުގައި ބައިވެރިވާ މީހުންނަށް ދުވުމުގެ ކިޓް މޫލީ މެދުވެރިކޮށް ލިބޭނެއެވެ. މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ޓީޝާޓް އުރީދޫއިން ޑެލިވަރީކޮށްދިނުމަށް ހަމަޖެހިފައިވާއިރު ދުވުން ފުރިހަމަ ކުރުމުން މެޑަލްތައް ވެސް މޫލީ މެދުވެރިކޮށް ހަވާލުކޮށްދޭނެއެވެ.