English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގު 2022/23 ގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު މުބާރާތަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް މުބާރާތެކެވެ. ޔޫރަޕުގެ ކުލަބު ފުޓްބޯޅައިގައި އެންމެ ވަރުގަދަ ކުލަބުތައް ކުޅޭ މި މުބާރާތަކީ ދުނިޔޭގެ ގިނަބަޔަކު އިންތިޒާރުކުރަމުން ގެންދާ ޔޫރަޕްގެ އެންމެ ޝަރަފްވެރި އެއް މުބާރާތެވެ.

އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ އައު ސީޒަންގެ ގްރޫޕް ސްތޭޖުގެ މެޗުތައް މިރޭ ފެށޭއިރު، ގުރޫޕް އީގެ ދެ މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 9:45 ގައި ދެމެޗުވެސް ކުޅެން ހަމަ ޖެހިފައިވާއިރު، މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރިބް އަދި ޗެލްސީ ބައްދަލުކުރާ މެޗުގެ އިތުރުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި ޑެންމާކުގެ އެފްސީ ކޯޕެންހޭގަންއެވެ.

މިރޭ 9:45 ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުތައް:

ޑިނަމޯ ޒެގްރިބް – ޗެލްސީ ( ގުރޫޕް އީ )

ބޮރޫޝިއާ ޑޯޓްމަންޑް – އެފްސީ ކޯޕެންހޭގަން ( ގުރޫޕް އީ )