English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ޚިދުމަތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން، ބާއްވާ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގެ ތީމް އަކީ ގުޅިގެން، ގާތުން، ‘ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން’ ނެވެ

މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހެއެވެ.

ޓެގު