ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫ ބައިވެރިވެ އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.
އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 (ސަޓާ) ގެ ބައިވެރިންގެ ނެޓްވާކިން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވަނީ މި ކަން އިއުލާންކުރައްވަވާފައެވެ.
އެ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްހާން ވިދާޅުވީ އަގޯޑާ އާއެކު ވެވުނު ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އަގޯޑާއިން ބުކިން ހައްދައިގެން 50 ޕަސެންޓްގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
ނަޖީބްހާން ވިދާޅުވީ ކްލަބް ޕްރިމިއާ މެމްބަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތެއް ދީ، ފައިދާތަކާއި މަންފާތައް މަގުފަހިކޮށްދޭން އަބަދުވެސް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
” ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާ އަކީ ވަކި ނުކުރެވޭނެ ދެ އެއްޗެއް . އުރީދޫގެ އަމާޒަކީ ޓޫރިޒަމާއި ހޮސްޕިޓާލިޓީގެ ދާއިރާގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކީގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ދިނުން” ކަމަށް ނަޖީބުޚާން ވިދާޅުވިއެވެ
އަގޯޑާއާއެކު މިއަދު އިއުލާނުކުރެވުނު ޕާޓްނާޝިޕާއެކު މިއަދަކީ އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ވަރަށް ހާއްސަ ދުވަހެއްކަމަށާއި އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއާ މެމްބަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ނަޖީބުޚާން ވިދާޅުވިއެވެ
“މި ފުރުސަތުގައި އަޅުގަނޑުމެންގެ ޕާޓްނާ އަގޯޑާއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން، އަދި ކުރިމަގުގައި ވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން” އޭނާ ވިދާޅުވިއެވެ
އައްޑޫސިޓީގައި ކުރިއަށްގެންދާ ސަޓާގެ ފެސްޓިވަލްގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.