English Edition
Dhivehi Edition

ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 100 އާއިލާއަކަށް އެހީ ފޯރުކޮއްދީފިއެވެ.

ބީއެމްއެލުން ބުނީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްއިން އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއެކު އެހީތެރިކަން ބޭނުންވެފައި ތިބި ކުޑަކުދިންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެގޮތުން، އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖްގެ ފޮނުވައިފައިވާ ކަމަވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑްގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.