English Edition
Dhivehi Edition

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ގޮސްފިނަމަ ދެން އެ ކުލަބަށް ލަނޑެއްޖަހައިދޭވޭނެ ފެންވަރުގެ ކުޅުންތެރިއަކުވެސް ނުހުންނާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ލެޖެންޑް ގެރީ ނެވިލް ބުނެފިއެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން ގެރީ ނެވިލް ބުނީ ޔުނައިޓެޑުގެ ފޯވާޑް ލައިނަށް ބަލާލާއިރު، މިވަގުތު އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިއަކަށް ހުރީ ރޮނާލްޑޯ ކަމަށާއި އޭނާ ނެތް ދުވަހަކުން އެކަން ވަރަށް ރަނގަޅަށް ޔުނައިޓެޑަށް އެނގިގެން ދާނޭ ކަމަށެވެ. އަދި މީގެ އިތުރުން ނެވިލް ބުނީ ޔުނައިޓެޑަށް މިވަގުތައް އެންމެ ބުިއްދިވެރި ގޮތަކީ ރޮނާލްޑޯ ކުލަބުގައި މަޑުކުރުވުން ކަމަށާއި އެހެން ނޫންނަމަ މި ސީޒަނުގައިވެސް ޔުނައިޓެޑަށް ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީއާއި ކަމަށެވެ. އަދި މި ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލައިފި ނަމަ ޔުނައިޓެޑުން މިފަހަރުގެ ސީޒަން ނިންމާލަން ޖެހޭނީ ތާވަލުގެ މެދުތެރެއިން ކަމަށްވެސް ނެވިލް ބުންޏެވެ.

” ރޮނާލްޑޯ ޔުނައިޓެޑު ދޫކޮސް ގޮސްފި ނަމަ އެކަމުގެ އަސަރު ޔުނައިޓެޑަށް ކުރާނެ. ރޮނާލްޑޯ އަކީ އެ ކުލަބުގައި މިވަގުތު ހުރި އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިޔާ، އޭނާ ގޮސްފިނަމަ ދެން އެކަން ކުރެވޭނޭ އިތުރު ކުޅުންތެރިއަކު ޔުަނއިޓެދުގައި ނެތް. އެހެން ކަމުން އެ ޓީމަށް އެންމެ ބުއްދިވެރި ގޮތަކީ ރޮޕނާލްޑޯ ދޫކޮށްނުލާ ހިފެހެއްޓުން.” ގެރީ ނެވިލް ބުންޏެވެ.

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޔޫރަޕުގެ ނަން މަޝްޙޫރު ބޮޑު ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވަނީ ނި،ިގެން ދިޔަ ޖުލައި މަހުގެ ކުރީކޮޅުގައެވެ.

އެގޮތުން ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ދަނީ ރޮނާލްޑޯއަށް ރަނގަޅު ކުލަބަކުން ހުށައެޅުމެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރިކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނީ ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއަށެވެ. ޗެލްސީގެ އިތުރުންް ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޕީއެސްޖީގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ވެސް ރޮނާލްޑޯ ގެންދިއުމަށް މެންޑޭސް މަސައްކަތް ކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އަދި ޔޫރަޕުފެ އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންފިއުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.