English Edition
Dhivehi Edition

ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް އޮގަސްޓް 2022 އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށް މެޕްސް ކޮލެޖުން ބުނެފިއެވެ. އޮގަސްޓް 2022 އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 14ވަނަ ދުވަހެވެ. އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށް އެކޮލެޖުން ބުނެއެވެ.

މިއަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންގެތެރެއިން މަތީ ތަޢުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަގަޅު ފުރުޞަތަކަށް ވެގެންދާއިރު، މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަޒް އެޑްމިނިސްޓްރޭޝަން ކޯހަކީ މިދަރިވަރުންނަށް އެންމެ އެކަށީގެންވާ އެއް ކޯހެވެ. އަދި މިދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް މިހާރު ކުރިޔަށްދާއިރު މިސެޝަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މެޕްސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް ކޯސް ނިންމާލުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ބެޗެލާރސް ޑިގްރީގެ ކޮންމެ ކޯހަކަށްވެސް މިދަރިވަރުންނަށް ކުރިމަތިލެވޭނެއެވެ. މީގެއިތުރުން އޭލެވްލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލާސް ޑިގްރީގައި ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ބެޗެލާސް ޑިގްރީގެ މިކޯސްތަކަކީ، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް”ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.

2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުންނަ އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މަތީ ތަޢުލީމު ފުރިހަމަކުރުމަށް ލިބިގެންދާނެ ވަރަށް ރަގަޅު ފުރުޞަތެކެވެ. މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބިގެންދާނެއެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.