English Edition
Dhivehi Edition

އިންޑިއާ ހައިކޮމިޝަންގެ މާލޭ އޮފީސް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

މި އޮފީސް މީގެ ކުރިން ހުރީ ހ. އަތިރީގެއާގެ ގޭގައެވެ. އަދި މި އޮފީގައި ކުރަމުން ދިޔަ މަސައްކަތްތައް މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން އިންޑިއާ ހައި ކޮމިޝަންގެ އޮފީސް ބަދަލުކޮށްފައިވަނީ ހުޅުމާލޭ ހިތިގަސް މަގު ހަތަރު ނަންބަރު ގޯޅި ލޮޓް ނަންބަރު 11499 އަށެވެ.

ހުޅުމާލެ ފޭސް ދެއަކުން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ސަރުކާރުން ބިން ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.