ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑީއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރު އެ ދެތަރިން ދޮގުކޮށްފިއެވެ.
މި ދެތަރިންގެ ކައިވެންޏާއި ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުގައި ގިނަ ވާހަކަތަކެއް ދައްކަމުންދާ މި ދަނޑިވަޅު އަނުޝްކާ ބުނެފައިވަނީ އޭނާގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް މީޑިއާ އާ ހިއްސާކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން އަނުޝްކާ ބުނެފައިވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައެވެ. މި ކަމާއި ގުޅިގެން ވިރާޓުގެ ގަތް ފަރާތަކުން ބުނެފައިވަނީ މިހާރު، ވިރާޓު އަމިއްލަ ބޭނުމަކަށް ޑިސެމްބަރަށް ޗުއްޓީ ނަގައިފައި ވީނަމަވެސް އެއީ ކައިވެނި ކުރުމަށް ނޫންކަމަށެވެ.
ޟިގެ ހަތަރު އަހަރު ކުރިން ޝަމްޕޫ އިޝްތިހާރެއް ޝޫޓްކުރުމުގެ ތެރޭގައި މިދެތަރިންގެ ދެމެދު ގާތްގުޅުމެއް އުފެދިފައިވާއިރު މި ގުޅުމާއި ދެ އާއިލާމީހުންވެސް ވަރަށް ގަބޫލުކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.