English Edition
Dhivehi Edition

އޯލެވެލް އިމްތިޙާނު ނިންމާލުމަށްފަހު މަތީ ތަޢުލީމު ފެށުމަށް ތައްޔާރުވުމުގައި ޚިޔާރުކުރަންވީ ކޮން ދާއިރާއެއްތޯ ވިސްނަނީ އަޅުގަޑުމެންގެތެރެއިން ކިތައް ކުދިންތޯއެވެ؟ މިކަމާ ގުޅޭގޮތުން މަޢުލޫމާތު އެނގެނީ ކިހާވަރަކަށްތޯއެވެ؟ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ.

 

އޯލެވެލް ނިންމާ ދަރިވަރުން އެދަރިވަރަކު ކުރިޔަށްދާން ބޭނުންވާ ދާއިރާ ޚިޔާރުކުރުމުގައި ވިސްނުން ބަހައްޓަންވީ ކަންތައްތަކާއި އޭގެ ސަބަބުން ދަރިވަރުންގެ މުސްތަޤްބަލަށް ލިބިގެންދާނެ ކުރިއެރުންފަދަ މަޢުލޫމާތުތައް ކެރިއަރ ގައިޑެންސް ސެޝަންގައި ދަރިވަރުންނާއި ޙިއްސާކުރެވޭނެއެވެ. މި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރަކާއިއެކު ވަކިވަކިންނެވެ. ދަރިވަރު މަތީތަޢުލީމު ޙާޞިލް ކުރަން ބޭނުންވަނީ ކޮންދާއިރާއެއްތޯ ބެލުމަށް ފަހު މެޕްސް ކޮލެޖުގެ ތަޖުރިބާކާރު ލެކްޗަރާއިން ދަރިވަރުންނަށް އެކަމާބެހޭ ޚާއްޞަ މަޢުލޫމާތުތަށް ޙިއްޞާ ކުރާނެއެވެ. އަދި މި ދާއިރާ ޚިޔާރުކުރުމުން ދަރިވަރުންނަށް އިތުރަށް ހުޅުވިގެންދާނޭ ފުރުޞަތުތަކަކީ ކޮބާކަން ސާފުކޮށްދޭނެއެވެ. މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް ( https://www.maps.edu.mv/maps-career-guidance-program-for-olevel-students/)

މެދުވެރިކޮށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މިއަހަރުގެ އޯލެވެލް ނުވަތަ ކެމްބްރިޖް އިމްތިޙާނު ނިންމާފައިވާ ދަރިވަރުންނަށް އެކަށީގެންވާ ކޯސްތަކެއް މެޕްސް ކޮލެޖުގެ އޮގަސްޓު 2022 އިންޓޭކްގައި ހިމެނިފައިވާއިރު، މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް މިހާރުވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކަކީ، ބެޗެލަރސް ޑިގްރީގައި ބައިވެރިވުމުގެ ކުރިން ދަރިވަރުން ފުރިހަމަކުރާނެ އެންމެ މުހިއްމު އެއް ކޯހެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ހިންގާ އެންމެ ކާމިޔާބު އެއް ކޯހަކީ އެޑްވާންސްޑް ސެޓްފިކެޓްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެވެ. 12 މަސް ދުވަހުގެ މުއްދަތަށް ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސް ނިމިގެންދާއިރު މިކޯހުގެތެރެއިން ޑިގްރީގެ މައިގަނޑު މާއްދާތަކަށް ދަރިވަރުން އަހުލުވެރިވުމަށް ފުރުޞަތު ލިބިގެން ދިއުމަކީވެސް މިކޯހުގައި ކިޔަވާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު އެހީއެކެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު އެކޮލެޖުން ފަހިކޮށްދެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.