English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ފޭދޫ ޗަސްބިން ހިއްކުމުގެ %90 މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އާއި ކައުންސިލް މެމްބަރުން ވަނީ މި މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ޗަސްބިން ހިއްކުމުގެ މަސައްކަތް ފެށި އިރު، މިއީ އެލްޖީއޭ އިން 3،218،476.08 (ތިން މިލިއަން ދެ ލައްކަ އަށާރަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަ ރުފިޔާ އަށް ލާރި)އެވެ. ވަން ޕްލަސް ހޯލްޑިންގްސް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ފޭދޫގެ ޗަސްބިންތަކުގެ ތެރެއިން 14 ކޮއްޓެއް ވެލި އަޅައިގެން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ވެލި ލިބުމުގަ އާއި އަދި ދިމާވި އެކި ސަބަބުތަކާއި ހެދި މީގެ ކުރިން ފޭދޫ ޗަސްބިން ހިއްކުމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.