English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީން އިން އިންތިޒާމްކޮށްގެން އައްޑޫގެ ސްކޫލްތްކުގެ ޓީޗަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ހޮރައިޒަން އެކަޑަމީ ޓީޗަރސް ބެޑްމިންޓަން ޓޯނަމަންޓް 2017” ކާމިޔާބު ކަމާއި އެކު ރޭ ނިންމާލައިފިއެވެ.

އައްޑޫގެ ހުރިހާ ސްކޫލަކުން 60 ޓީޗަރުން ބައިވެރިވި މިމުބާރާތުގެ ހުރިހާ އިވެންޓްއެއްގެ ފައިނަލް ރޭ ބާއްވާފައިވާ އިރު މުބާރާތުގެ ފިރިހެން ސިންގަލް ކާމިޔާބުކޮށްފައިވަނީ މެތު ޖޯސެފެވެ. މެތު ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު އަދުޝަން ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުގައެވެ.

ރޭ ކުޅުނު އަންހެން ސިންގަލް ފައިނަލްގައި އާމިނަތު ރައުފާ އާއި އަޖުމީ ބައްދަލު ކުރި މެޗު އަޖުމީ ވަނީ ފަސޭހަ ކަމާއި އެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށް އަންހެން ސިންގަލްސް ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ހޮރައިޒަން ޓިޗަރސް ބެޑްމިންޓަން ޓޯނަމަންޓްގެ އަންހެން ޑަބަލްސް ފައިނަލް ރޭ ކުޅެފައިފައިވާ އިރު އަންހެން ޑަބަލްސް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރީ އަޖްމީއެވެ. ފިރިހެން ޑަބަލްސް ކާމިޔާބުކޮށްފައިވަނީ އަދުރޭ އަދި މެތުއެވެ.ވފިރިހެން ޑަބަލްސް މެތުއާއި އަދުރޭ ކާމިޔާބުކޮށްފައިވަނީ އަންޝަދު އާއި އަޖޯ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހުގައެވެ.

މި މުބާރާތުގެ އެންމެ ފަހު ފައިނަލްގައި ރޭ ކުޅުނު މިކްސްޑް ޑަބަލްސް ފައިނަލްގައި އަދުރޭ އަދި ރައުފާ އާއި ވާދަކޮށް މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒީނާ އަދި ޕްރަޝާންތްއާއި އެވެ.

ހޮރައިޒަން ޓީޗަރސް އޯޕެންސް ފައިނަލް މެޗަތަކަށް ފަހު ރޭ މުބާރާތު ވަނަތަކަށް ދިޔަ ފަރާތަކަށް ތައްޓާއި މެޑަލްހަވާލުކޮށް ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާޙިމް ނަދީމް އާއި އައްޑޫ ސިޓީ ޑެޕުޓީ މޭޔަރ ޔަސްރިފްއެވެ.