English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

އެސްޓީއޯ “ބެކް ޓު ސްކޫލް” ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 31 އޮގަސްޓް 2022 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި “ޑެވޮންޑޭލް” ކިރާއި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ “ހެޕީ ކައު” ޗީޒް އަދި “އައި ވީ” ކިރު ގަނެގެން ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ދާ މި ޕްރޮމޯޝަންގައި ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް އެ ތަކެތި ގަންނަ ފަރާތްތަކަށް، ކުރާ ކޮންމެ ވިޔަފާރިއަކުން ކޫޕަނެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ރީޓެއިލް ތިން ނަސީބުވެރިންނާއި ހޯލްސޭލް ތިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަންގައި ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 5000ރ. ގެ ޕީކަބޫ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ޕީކަބޫގެ 2500ރ. ގިފްޓް ވައުޗަރެއް ލިބިގެން ދާއިރި ތިންވަނައަށްދާ ފަރާތަކަށް އަސްރަފީ ބުކްޝޮޕުގެ 1500ރ. ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުން ގަންނަ “ޑެވޮންޑޭލް”ގެ ކޮންމެ ހިކި ކިރު ޕެކެޓަކަށް އެ ބްރޭންޑްގެ ލޯގޯ ޖެހި ޖޯޑެއް ލިބިގެންދާއިރު އެ ކަޕް ދޫކުރާނީ ސްޓޮކް ހުސްވަންދެނެވެ.

ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 327 ލިޓަރުގެ “ޗެސްޓް ފްރީޒާ” އެއް ލިބިގެންދާއިރު ދެވަނައަށް ހޮވޭ ފަރާތަކަށް “ރަސަލް ހޮބްސް” ބްރޭންޑްގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނެއް އިތުރުން އެ ބްރޭންޑްގެ ޕްރެޝަރު ކުކަރެއް ލިބިގެންދާނެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ރަސަލް ހޮބްސް” ބްރޭންޑްގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނަކީ ސްކޫލްތަކުގެ ދިރާސީ އާ އަހަރައި ގުޅުވައިގެން އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.