English Edition
Dhivehi Edition
ސްކީމް އިން ފުވައްމުލައްސިޓިގައި ކުރިއަށް ގެންދިޔަ ޕަބްލިކް ސްޕީކިން ޕްރޮގްރާމުގެ ތެރެއިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމުކޮށްގެން އައްޑޫސިޓީގައި ޕަބްލިކް ސްޕީކިންގ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައި އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، މި އޮގަސްޓްމަހު 25 އިން 27 އަށް ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވާނެއެވެ.

ޕަބްލިކް ސްޕީކިންގ ސްކިލް އަކީ އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައި އެންމެ މުހިންމު އެއް ހުނަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، އަދި ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންތެރި އެއް ހުނަރެވެ.

ސްކީމް އިން ފުވައްމުލައްސިޓީގައި ކުރިއަށް ގެންދިޔަ ޕަބްލިކް ސްޕީކިން ޕްރޮގްރާމުގެ ތެރެއިން

މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ، މިދާއިރާގައި ތަޖުރިބާލިބިލައްވާފައިވާ، ޖޯން.ސީ.މެކްސް.ވެލް ސަރޓިފައިޑް ސްޕީކަރ އެއްކަމަށްވާ އާދަމް ނަޞީރު ހުސޭނު އެވެ. އާދަމް ނަޞީރު ހުސޭނަކީ މީހުން ބިނާކުރުމުގެ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް މިދާއިރާގައި ދެމި ހުންނެވި ކުޅަދާނަ މުދައްރިބެކެވެ.

މި ޕްރޮގްރާމަކީ ވަކި ވަރަކަށް ބައިވެރިންނަށް ފުރުޞަތު ދެވޭގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށްވާތީ، ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފޯމް Public Speaking Workshop – Registration Form (jotform.com) މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓަރ ކުރުމަށް ސްކީމުން އިލްތިމާސް ކުރެއެވެ. މިއީ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެސެޓްފިކެޓެއްވެސް ލިބޭނެ ޕްރޮގްރާމަކަށްވާތީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުޑަ ފީއެއް ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. ޕްރޮގްރާމްގެ ފީ އަކީ 500 ރުފިޔާ ކަމުގައި ވީނަމަވެސް 1 އޮގަސްޓްގެ ނިޔަލަށް ރަޖިސްޓަރ ކުރާ ފަރާތްތަކުން ދައްކަން ޖެހޭނީ 350 ރުފިޔާއެވެ.

ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7548078 އާއި ގުޅުމުން ލިބޭނެއެވެ.