English Edition
Dhivehi Edition

ގދ. ތިނަދޫގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަން އިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަން އިން ވިދާޅުވީ، ތިނަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ ކޭބަލްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން 11:00 އާއި ދެމެދު ތިނަދޫގެ ބައެއް ސަރަޙައްދަކުން ކަރަންޓް ކެނޑޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ތިނަދޫއިން މިއަދު ކަރަންޓް ކަނޑާލެވޭނީ ރަށްދެބައި މަގުން އުތުރަށެވެ. ފްލެޓްތަކާއި ހަމައިން ފެށިގެން ރޯހައުސްތަކުން އުތުރަށް އޮތް ސަރަހައްދުންވެސް ކަރަންޓް ކަނޑާލެވޭނެއެވެ. އެއީ ތިނަދޫ މަސްޖިދުލް އިހްލާސް މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރާއި ގޯސިޔާ ރެސްޓޯރަންޓް އިރުމަތީގައި ހުރި ޓްރާންސްފޯމަރުގެ އިތުރުން އުރީދޫ އެންޓަނާ ކައިރީގައި ހުރި ޓްރާންސްފޯމަރުންނެވެ.

ކޭބަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގަޑީ މިސަރަހައްދުތަކުން 30 މިނެޓެއްހާއިރަށް ކަރަންޓު ހިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން މައާފަށް އެދިފައިވެއެވެ.