މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަދަމުންދާ ޕިކްނިކް އައިލެންޑް ކުޑަގިރި، ހުޅުވުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.
އެ ރަށް ހުޅުވުން ފަސްކުރީ ބައެއް މަސއްކަތްތައް ނުނިމި ހުރުމުން ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ރަށުގައި ގަސް އިންދާ ފެހި ކުރުމާއި ބައެއް ފެސިލިޓީތައް ގާއިމު ކުރުން ހިމެނޭ ކަަމަށް އެ މިނިސްތްރީން ބުނެއެވެ. އަދި އެ މަސައްކަތްތައް ނިމުނުހާ އަވަހަަކަށް ކުޑަގިރި ހުޅުވާނެ ތާރީޚް އިޢުލާން ކުރާނެ ކަމަށް ވެސް ބުނެއެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުފުޅުގައި ހިމެނޭ މި ރަށް ހުޅުވުމަށް ކުރިން ނިންމާފައި އިތީ މާދަމާއެވެ.