English Edition
Dhivehi Edition

ކުޑަގިރީގައި އިމާރާތްކުރި އިންޖީނުގެ ނިންމާ ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މާލެއަތޮޅު ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފެށީ މއިަދު ކަމަށެވެ. އަދި ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފެށުން ރަސްމީކޮށް އިފްތިތާހް ކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ މި އިންޖީނު ގޭގައި މި އިންޖީނުގޭގައި 350ކވ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ. އަދި 50,000 ލީޓަރު ގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ޤާއިމް ކުރެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ އެރަށަށް ބޭނުންވާ ކަރަންޓުގެ 70 އިންސައްތަ އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރުފަށާފައިވާ ކަމަށެވެ.