English Edition
Dhivehi Edition

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުު ސާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު އެކަމަށްޓަކައި ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަށުގައި އެކި ކަންކަން ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ރަސްމީ ހަފްލާތަކާއި ނުރަސްމީ ހަފްލާތައް ބޭއްވުމާއި ޑައިވިންގ އާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި އާންމުންގެ އިތުރުން ފަތުރުވެރިންނަށް ވެސް އެރަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކުޑަގިރީގައި ނާސިން ރޫމާއި ފާޚާނާ ފަދަ އަސާސީ ޚިދުމަތްތައް އެ ރަށަށް ދާ ފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، މިސްކިތަކާއި ކްލިނިކަކާއި ފިހާރައިގެ އިތުރުން ކެފޭ އެއް ވެސް އެ ރަށުގައި ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މާލޭން ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކުޑަގިރި މިއަދު ހުޅުވާލިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުކިންތައް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލްވެފަ އެވެ.