English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ 2018 ގައި ރާއްޖޭގެ ވެރިކަމަށް ސިކުނޑި ހަމަނުޖެހޭ މީހަކު ގެންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރޭ ރ.އަތޮޅު މީދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މިދުވަސްވަރަކީ ސައިންސްގެ ވަރަށް ގިނަ ދިރާސާތައް ކުރެވެމުންދާ ދުވަސްވަރެއްކަމަށާއި އެހެންކަމުން ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބަލާލުމުން ވެސް ދައްކަނީ ގައުމުގެ ރައީސް ކަމަށް އާދެވޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދައިދޭނެ ވެރިއެއްކަމަށެވެ.ރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ފަލާހު ވިދާޅުވީ މަސްތުވާތަކެތީ ބޭނުން ކުރުމަކީ ސިކުނޑިއަށް ގެއްލުން ހުރި ކަމެއް ކަމަށާއި ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސްތުވާތަކެތި ބޭނުން ކުރުމުން ހަމަ ނުޖެހޭ ވާހަކަ ދައްކާނެ ކަމަށެވެ.

ރައީސް ޔަމީނުގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުވާލަމުން ފަލާހު ވިދާޅުވީ ބޭނުންވަނީ އިންތިގާލީ ރައީސް އެއް ނޫން ކަމަށާއި ބޭނުންވަނީ އިހްލާސްތެރި އިތުބާރު ހުރި ވެރިއެއް ކަމަށެވެ. އަދި އެވެރިޔަކީ ރައީސް ޔާމީން ކަމަށެވެ. މީގެ އިތުރުން ފަލާހު ވިދާޅުވީ ވަސީލަތްތައް މަދު ގައުމެއްގައި ގިނަ ތރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާތަން ފެނުމުން އަޖައިބުވާކަމަށާއި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ފަސް އަހަރުން މެނިފެސްޓޯ ފުރިހަމަ ކުރެވިދާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ.