English Edition
Dhivehi Edition
ގދ. ހޯނޑެއްދޫ ކުޑަކުދިން ދުވުމަށް ތައްޔާރުވެގެން - ފޮޓޯ: އޭއޯ ނިއުސް | އަޙްމަދު އޫޝައު

ގދ. ހޯނޑެއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “ވާދަ ރަން 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ “ވާދަ ރަން” އަކީ ޒިބްރާ މޯލްޑިވްްސް އިން އިންތިޒާމްކޮށްގެން ހޯނޑެއްދޫ ކައުންސިލާއި ކޮމިއުނިޓީ ސެންޓަރުގެ އެހީތެރިކަމާއެކު މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެއްކަމަށް ޒިބްރާ މޯލްޑިވްސް އިން ބުނެއެވެ.

މިފަދަ ރަން އެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން ކަމުގައި މި ރަން އިންޒާމްކުރައްވާ ޒިބްރާ މޯލްޑިވްސް އިން ބުނެއެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ކަމަށްވާ 01 ރަބީޢުލްއައްވަލް (އޮކްޓޯބަރ 7) ވާ ބުރާސްފަތި ދުވަހުގައެވެ.

މި ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ވާދަ ރަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކެޓަގަރީތައް:

  1. 15 އަހަރުން މަތީގެ އަންހެން ކެޓަގަރީ (5 ކިލޯމީޓަރު)
  2. 15 އަހަރުން މަތީގެ ފިރިހެން ކެޓަގަރީ (5 ކިލޯމީޓަރު)
  3. 15 އަހަރާއި 10 އަހަރާއި ދެމެދު އަންހެން ކެޓަގަރީ (2 ކިލޯމީޓަރު)
  4. 15 އަހަރާއި 10 އަހަރާއި ދެމެދު ފިރިހެން ކެޓަގަރީ (2 ކިލޯމީޓަރު)
  5. 10 އަހަރާއި 07 އަހަރާއި ދެމެދު އަންހެން ކެޓަގަރީ (1 ކިލޯމީޓަރު)
  6. 10 އަހަރާއި 07 އަހަރާއި ދެމެދު ފިރިހެން ކެޓަގަރީ (1 ކިލޯމީޓަރު)

އާއްމުކޮށް ހުރިހާ ރަށަކަށްވެސް ހުޅުވާލައިގެން ބޭއްވޭ މި ރަން ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު 20 އޮގަސްޓް 2022 ގެ 18:00 ގެ ކުރިން 7315262 ނަންބަރަށް ވައިބާ ކޮށްދެއްވުމަށް މި ރަން އިންތިޒާމްކުރައްވާ ޒިބްރާ މޯލްޑިވްސް އިން ވަނީ އެދިލައްވާފައެވެ. އަދި މި ރަން އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7315262، 9656200، 7502202 ނަންބަރު ފޯނަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.