English Edition
Dhivehi Edition

ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އިން ދޭ އަހަރުގެ އެންމެ އުފެއްދުންތެރި ކުންފުނީގެ އެވޯޑާއި އެންމެ މޮޅު އާ ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

14 ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ހަފުލާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ސްޕެއިންގެ ބާސެލޯނާގަ އެވެ. އެ އިނާމާ އެ ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރު ސޮމެން ޑޭ އާއި އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރެވެ.

ސްޓީވީ އެވޯޑްގެ ހައްގުވެރިން ހޮވުމަށް 21 ފަނޑިޔާރުންނާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން 200 އެގްޒެކެޓިވުން ބައިވެރިވިއިރު 60 އަށް ވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށް ވުރެ ގިނަ ކުންފުނި ނޮމިނޭޓްކޮށްފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބުމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ ލިބޭ ފަހުރެއް ކަމަށެވެ. ހިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ހިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ހިދުމަތެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ހިދުމަތް ކުރިއަރަމުންދާ ދުވެއްޔާއި ނުހަނު އުފާކުރާ ކަމަށާއި މިހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ދިވެހިރާއްޖެއަށް އާ ޚިދުމަތެއް ތަޢާރަފްކުރި ކަމުގައިވިޔަސް، ނުވަތަ އަޅުގަނޑުމެންގެ 4G+ ނެޓްވޯކް އެންމެ 17 ދުވަސްތެރޭ ފުރިހަމަކުރުން ކަމުގައިވިޔަސް، އިޖުތިމާޢީއީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުސަތަކާއިއެކު އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް” ނާޖީބް ޚާން ވިދާޅުވި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކުރުމަށް އުރީދޫން ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅި ސަބްމެރިން ކޭބަލްގެ ހިދުމަތް، މުޅި ރާއްޖެއަށް 4G ޕްލަސް ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަގުބޫލު ހިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތައާރަފްކުރި ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015 އިން ފެށިގެން އެކުންފުނިން ދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުން ކަމަށެވެ. ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާންމު އިޖުތިމާއީ ކުރިއެރުމަށާއި، ތައުލީމު، ސިއްހަތު، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ކުރިއެރުވުމަށް ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ޓެގު