English Edition
Dhivehi Edition

ދިރާގު ޓީވީއަށް ސޮނީ އެންޓަޓެއިންމަންޓްގެ 12 ޗެނަލް ތައާރަފް ކޮށް, އަލަށް ތައާރަފް ކުރި ޗެނަލްތަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި ޕްރޮމޯޝަން އިއުލާން ކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ވަރަށް ހާއްސަ އިވެންޓެއްގައި އެވެ. ޕްރޮމޯޝަން އިފްތިތާހް ކުރެއްވީ ދިރާގު ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަހްމަދު މައުމޫން އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ސޮނީ ޕިކްޗާރސް ނެޓްވޯކް ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް އަދި އެވެ.

ދިރާގު ޓީވީގެ މި ޕްރޮމޯޝަން ހުޅުވާލައިފައިވަނީ ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެލްޖީ 65 އިންޗްގެ k4 ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑްބާ އެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

މިއަދުގެ އިވެންޓުގައި ސޮނީ ޕިކްޗާރސް ނެޓްވޯކްސް (އެސްޕީއެން) ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް ދިރާގު ޓީވީގައި ބްރޯޑްކާސްޓް ކުރާ ސޮނީގެ ބައެއް ޗެނަލްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ފެއްކެވިއެވެ. ދިރާގު ޓީވީގައި މިހާރު ސޮނީ އީއެސްޕީއެން އެޗް، ސޮނީ ޓެން ޗެނަލްސ، ސޮނީ އެޗްޑީ، ސެޓް މެކްސް އެޗްޑީ އަދި ސޮނީ ޕިކްސް އެޗްޑީ ލިބިގެންދާނެއެވެ.

ސޮނީ ޕިކްޗާރސް ނެޓްވޯކްސް (އެސްޕީއެން) 11 ޗެނަލެއް ދިރާގުޓީވީން ބެލޭނެއެވެ. މީގެ ތެރޭގައި މަޝްހޫރު ކުޅިވަރު އިވެންތްތައް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ މަޝްހޫރު ގިނަ ފުޓުބޯޅަ ލީގްތައް ހިމެނުމުގެ އިތުރުން ހަމައެކަނި ދިރާގު ޓީވީން ބަލާލަން ލިބޭ ސޮނީ ރޮކްސް ހިމެނެއެވެ.