English Edition
Dhivehi Edition
eid ge harakaai thakuge therein: Photo - Thamheen Hassan

އަބަދުވެސް ސަގާފީ ކުޅިވަރުތަކަށް ލޯބިކޮށް އެ ކަންތައް ދިރުވާ އާލާކުރަމުންދާ ގއ. ވިލިނގިއްޔަކީ ޒަމާނުއްސުރެ ކޮންމެ އީދެއްގައި ތަފާތު ހަރަކާތްތަކެއް ބާއްވާ އީދު ދުވަސް ވަރަށް ފޯރީގައި ފާހަގަކުރާ ބައެކެވެ.

ބޮޑު އީދަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އީދު ހަރަކާތްތަކުގެ ތެއްޔާރީތައް މީގެ އެއް މަސް ކުރިން ވަނީ ވިލިނގިލީގައި ފަށާފައެވެ. ކެރިގެން ހަރު އަޑުން އީދެއް އައީ ގއ. ވިލިނގިއްޔަށޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ގއ. ވިލިނގިލި ޒުވާނުންނާއި ވީ.ވީ.އޭ ޖަމިއްޔާ އާއި ވިލިނގިލި ކައުންސިލާއި ކުޅިވަރު.ކޮމް އަދި އެރަށުގެ އަވަށްތައް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތައް ހަމަލޮލުން ބަލާލަން ނުގޮސް ޓީވީ އަދި ފޯނުން ބަލާކަށް ކެތެއް ނުވާނެވެ. އެހާވެސް ފޯރިގަދަ ހަރަކާތްތަކަކަށް ވާނޭ ކަން ޔަގީނެވެ.

eid ge harakaai thakuge therein: Photo – Ahmed Hilmy

އަވަށްތަކުން ކަށިން ހިތްވަރު ނެރެ އީދު ހަރަކާތްތަކަށް ޒުވާނުން ވާ ތެއްޔާރިތަކަށް ހިތްވަރުދީ ކުރީގެ ސަގާފީ ގޮތްތަކަށް މަލާފަތްތައް ހިފައިގެން އަންހެން ކަނބަލުން މަގުތަކުގައި ނަށަމުން ދެކުމާ ދިއުމުން ވެސް މި އީދުގެ ފޯރިގަދަކަން ދައްކުވައިދޭއެވެ.

މިފަހަރު އީދު ފާހަގަކުރުމަށް ވިލިނގިލި ކުޅިވަރު.ކޮމް އިން ވަނީ އީދު ތާވަލެއް ނެރެފައެވެ. އީދުގެ ހަތް ދުވަހަށް ބަހާލައިގެން ސަގާފި އެތައް ކުޅިވަރު ތަކެއް ކުރިއަށް ދާނެވެ.

އީދުގެ ހަރަކާތްތައް ފެށިގެން ދާނީ އެހެން އީދުތަކާ އެއްގޮތަށް އީދު ވިލޭރޭގައި މަޅި ރޯކުރުމުންނެވެ. މަޅި ރޯކުރުމަކީ ވިލިނގިލީގައި ޒަމާނުއްސުރެ ކުރާ ކަމަކެވެ. މަޅި ރޯކުރުމާ އެއްކޮށް ސަގާފީ ހަރަކާތްތައް ވެސް އެރޭ ކުރިއަށް ދާނެވެ.

eid ge harakaai thakuge therein: Photo – Thamheen Hassan

އީދު ފުރަތަމަ ދުވަސް

އީދު ނަމާދުން އުފާވެރި މުނާސަބު ފެށިގެންދާއިރު ހެނދުނު 07:00 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އީދު ނަމާދަށް ފަހުގައި އީދު ސައި އޮންނާނެވެ. އެއަށްފަހު އެ ދުވަހު ހަވީރު 16:00 ގައި އީދު ޕްރޭޑް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރޭ 21:00 ޖަހާއިރު އީދު ޝޯވ އޮންނާނެވެ.

އީދު ދެވަނަ ދުވަސް

އެ ދުވަހު ހަވީރު 16:00 ޖަހާއިރު އަވަށްތަކުގެ މެދުގައި ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރޭ 21:00 ޖަހާއިރު އީދު ޝޯވ ކުރިއަށް ދާނެވެ.

އީދު ތިން ވަނަ ދުވަސް

އީދުގެ ތިން ވަނަ ދުވަހުގައި ހެނދުނު، ހަވީރު އަދި ރޭގަނޑުވެސް އަވަށްތަކުގެ މެދުގައި ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ ހަތަރު ވަނަ ދުވަސް

އީދުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 16:00 ޖަހާއިރު އާއިލީ ހަވީރެއް ބޭއުވުމަށް ނިންމާފައިވާއިރު އެރޭ 20:30 ގައި ލަވަ ބާޒީ ކުރިއަށް ދާނެވެ.

eid ge harakaai thakuge therein: Photo – Ahmed Hilmy

އީދު ފަސް ވަނަ ދުވަސް

އީދު ފަސް ވަނަ ދުވަހުގައި ހަވީރު 16:00 ޖަހާއިރު މަސްރޭސް ފެށުމަށް ހަމަޖެހިފައިވާއިރު 16:30 ގައި ކުޑަކުދިންގެ ފެން ކުޅުން ކުރިއަށް ދާނެވެ. އަދި ހަމަ އެރޭ 21:00 ޖަހާއިރު ބޮޑުބެރާއެކު މަސްރޭސް ނިންމުމުގެ ހަރަކާތް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އީދު ހަވަނަ ދުވަސް

އީދުގެ ހަވަނަ ދުވަހުގެ ރޭ އީދު ނިއްމާލުމާއެކު އޮތީ ރައްޔިތުންގެ ފަރިއްކޮޅުމަކެވެ.

eid ge harakaai thakuge therein: Photo – Thamheen Hassan

އީދުގެ ތެއްޔާރީތައް ފޯރިގަދަކަމާއި އެކު ކުރިއަށް ދާއިރު އެރަށު ކައުންސިލުން އަދި ޒުވާނުންދަނީ “އެންމެނެރަޓަން” މި ހޭޝްޓެގް ބޭނުންކޮށް ސޯޝަލް މީޑިޔާގައި މި ފޯރިގަދަ ހަރަކާތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރަމުންނެވެ. އަދި މި ފަރި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ވިލިނގިއްޔަށް ޒިޔާރާތް ކުރަމުންދާ ކަންވެސް ފާހަގަކޮށްލެވެއެވެ.

eid ge harakaai thakuge therein: Photo – Thamheen Hassan