English Edition
Dhivehi Edition

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެރިކަންކުރާ މައި ޕާޓީ އާ ގުޅިވަޑައިގެންފިއެވެ.

ސައުދު އެމްޑީޕީ އާ ގުޅިވަޑައިގެންނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސައުދު މިހައިތަނަށް އިންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމުން ސައުދާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 66 އަށް އެރީއެވެ.

ސައުދު ހުސައިން ސިޔާސީ ހަރަކާތްތައް ޑީއާރުޕީން ފެއްޓެވުމަށް ފަހު، ޕީޕީއެމްއާ އެކު މަސައްކަތް ކުރެއްވި ސައުދު އެންމެ ފުރަތަމަ އިންތިޚާބުވީ 2014 ގައެވެ.