English Edition
Dhivehi Edition
މާލޭގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި މިއަދު އިރުއޮއްސުނުއިރު ހިނގި އެކްސިޑެންޓް.-- ފޮޓޯ: އެމްވީ ކްރައިސިސް.

މިއަދު އިރުއޮއްސުނުއިރު އެމްްޓީސީސީ ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސްޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެތެރެއިން މަރުވެފައި ވަނީ އަންހެނެކެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. ހަަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ބެލިބެލުމުން އެ އެކްސިޑެންޓު ހިނގާފައިވަނީ ކުޅިވަރު އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެހެން ކާރެއްގައި ޖެހި އެ މަގުން ދުއްވާފައިދިޔަ ބަހުގައި ޖެހިގެންކަމަށް މަންޒަރުދުށް މީހުންނާއި ހަވާލާދީ ފުލުހުން ހާމަ ކުރައްވައެވެ. މި އެކްސިޑެންޓްގައި ޑަބަލް ޑެކާ ބަހާއި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އެކްސިޑެންޓްވި ކާރުގައި ތާށިވި މީހުން އެ ކާރުން ނެރެ، ސަލާމަތްކުރީ ފަޔާ ސާވިސްގެ ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ.