English Edition
Dhivehi Edition
ފޮޓޯ: ހުވަދޫ ނިއުސް

ގދ. ހޯޑެއްދޫއާއި އެ އަތޮޅު މަޑަވެލި ގުޅާލާފައިވާ ކޯޒްވޭ ތިންވަނަ ފަހަރަށް ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯޒުވޭ ކަނޑާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެއްފަޅެއްގައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ މިފަހަރު ކޯޒްވޭ ކަނޑާލީ ކޮންބަޔަކު ކަމެއް އަދި ހާމަނުވާއިރު، އެ ދެރަށުގެ ކައުންސިލުން ވޗެސް ބުނަނީ ކޯޒުވޭ ކަނޑާލީ އަނެއްރަށުގެ މީހުން ކަމަށެވެ.

އެ ކޯޒުވޭ އެންމެ ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރުއެވެ. އަދި ދެ ވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ.

މިއިން ކޮންމެ ފަހަރަކު ވެސް ކޯޒްވޭ ކަނޑާލަނީ އެ ރަށަށް އުދަ އަރާ ލިބޭ ގެއްލުން ލިބޭތީއާއި ތިމާވެށްޓަށް ވެސް ގެއްލުން ލިބޭ ކަމަށް ބުނެއެވެ.

ކޯޒްވޭގެ ސަބަބުން އުދައަރާ މައްސަލަ ހައްލުކުރަން އޮއި ދެމޭ ގޮތަށް ކޯޒްވޭ އަލުން ހެދުމަށް މިދިޔަ އަހަރު އޮކްޓޫބަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 82 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 10 މަސް ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އަދިވެސް ފަށާފައެއް ނުވެއެވެ.

1 ކޮމެންޓް
ސްޕެސިފިކްސީސީ
ޖުލައި 3, 2022
Ma benee. The holhi nikei, Addu Afcon project ei dhenas himguvaa projects thaki photo in habara thankedah gina photo ei ekkoh laafele