English Edition
Dhivehi Edition
- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ރާއްޖެ މިދަތުރުކުރަނީ އެއްޖިންސުގެ ނަޖިސް ވިލާގަނޑަކާއި ދިމާލަށް ކަމަށާއި ރާއްޖޭގައި އެޑަލްޓް ސައިޓްތައް މިހާރުން މިހާރަށް ބަންދުކޮށްދިނުމަށް ޝައިހް އަލީ ޒައިދު ގޮވާލައިފިއެވެ.

ގާނޫނީ ވަކީލް ނާޒިމް ސައްތާރު ބަންގްލަދޭޝް ފިރިހެނަކާއި އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މި ގޮތުން ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދުނިޔެމަތީގައި ބަޔަކު ކުރާނެ އެންމެ ނަޖިސް އެއް ޢަމަލަކީ ލިވާތުކުރުން ކަމަށާއި މާތް ﷲ ވަނީ މި މައްސަލައިގައި ރަށެއް ބަންޑުން ޖައްސަވާފައިކަމަށެވެ. އަދި މި ނަޖިސް ކުޅިވަރު ކުޅެ، ފަތުރާ މީހުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ ކަމާބެހޭ ފަރާތްތަކަށް ލާޒިމްކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.

“މާތް ﷲ ފިރިހެނުންނަށްޓަކައި ލެއްވެވީ އަންހެނުން! އަންހެނުންނަށްޓަކައި ލެއްވެވީ ފިރިހެނުން! އަދި އެދެމެދު ކައިވެނި ޝަރުޢުކުރެއްވަވާ ޒިނޭޙަރާމްކުރެއްވެވި! އަދި ފިތުރަތުގެ މިއުޞޫލާ ޚިލާފްވުމަކީ ނަޖިސްމުޑުދާރު ޢަމަލެއްކަމުގައި ލެއްވި! ފަހެޒިނޭގެ އުގޫބާތަށްވުރެ ލިވާތުގެ ޢުގޫބާތްބޮޑު!” ޒައިދު ވިދާޅުވިއެވެ.

“ލަދެއް ޙަޔާތެއް ނެތް މީހަކު ކޮންމެ ފަދަ ނަޖިސް ޖަރީމާއެއް ހިންގައިފައިވެސް ވާހަކަ ދައްކަފާނެ!ކަޅުފޮއެ ރެޔަކު ކަޅުހިނި ހިރޭހިރުން ވެސް ދެނެވޮޑިގަންނަވާ ކަލަކު އެބަވެޔޭ! ފަޟީޙަތްވެދާނޭ! ނަޖިސް ޢަމަލު ނުހިންގާށޭ! މީހުންނަށް ދައްކާނީ ކޮން މޫނެއްހޭ؟!” ޒައިދުގެ އިތުރު ޓުވިޓެއްގައި ވިދާޅުވިއެވެ.

“ރާއްޖޭގެ ވެރިންނެވެ! ރާއްޖެ މިޔޮއްގެން ދަތުރުކުރަނީ އެއްޖިންސުގެ ނަޖިސް ވިލާގަނޑަކާ ދިމާލަށް! މުޖުތަމަޢުގެ ޢާންމު ފޭރާން ވީދި، އަޚްލާގިއްޔާތު މިހާ ދަށަށް މިދާ ސަބަބުހޯދައި ހަމަމަގަށް އެޅުވޭތޯ ބަލަމާހިންގަވާ!އެ ޑަލްޓް ސައިޓްތައް މިހާރުން މިހާރަށް ބަންދުކޮށްދެއްވާ!” ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޓެގްކޮށް، އަލީ ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލަމުން ޒައިދު ވަނީ އިސްލާމްދީނުގައި ނިކަމެތިމީހާޔާ ބޮޑުމީހާވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށާއި ވެރިންނާ ސުވާލުވެވޭނެކަމަށް ވިދާޅުވެފައެވެ. އަދިކުށްވެރިން ވަގުވަގަށް ފުރުވާލުމުގެ ޘަގާފަތްނިމުމަކަށް ގެންނަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.