English Edition
Dhivehi Edition

ގއ. ދާންދޫގައި ދިރިއުޅެމުން އަންނަ ބިދޭސީން ކުރާ މަސައްކަތްތަކަށް، ދުވަހު އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް https://www.gazette.gov.mv/iulaan/197018 އެރަށު ކައުންސިލުން ކަނޑައަޅައިފިއެވެ،

ދާންދޫ ކައުންސިލުން، އާންމުކޮށް އަމަލު ކުރަން ފެށި މި އުސޫލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ އުސޫލެކެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މިއުސޫލަށް ޢަމަލް ކުރަން ފެށުމާއެކު ދާންދޫގައި ކުރާ ހުރިހާ މަސައްކަތެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ޤަވާއިދުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަށުގައި ދިރިއުޅޭ ބިދޭސީން އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން ދާންދޫގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

މި އުސޫލުގެ ދަށުން ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަން ކުރާނެ މިންގަޑުތައް ވަނީ ފަސް ކެޓެގަރީއަކަށް ބަހާލާފައެވެ. މިގޮތުން މި ކެޓެގަރީތަކަކީ

  • ގެދޮރު އިމާރާތްކުރުން
  • ރަށުގެ ޢާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތި ގެދޮރު ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް
  • ރަށުގެ ޢާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް އުޖޫރަ ނަގާނެ ގޮތް
  • ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް އުޖޫރަ ދިނުން
  • ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް މަސައްކަތުގެ އުޖޫރަ ދިނުން

ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވާނެކަމަށެވެ.

ދާންދޫ ކައުންސިލުން ބުނީ މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޒިރުކޮށް އެކަމާބެހޭ ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުޞޫލާއި ޚިލާފަށް ޢަމަލުނުކުރުމަށް ފޮތުގައިލިޔެ ނަޞީޙަތްދިނުމާއެކު އެފަދަ ކަމެއް ތާކުރާރު ނުކޮށް މި އުސޫލާއި އެއްގޮތަށް އަމަލް ކުރުމަށް ނަސޭހަތް ދެވޭނެކަމަށެވެ.