English Edition
Dhivehi Edition

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛާ ނަޝާޠަތު ޒައީމް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

އެގޮތުން ޖޭއެސްސީން ވިދާޅުވީ 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއުގެ ޤާބިލުކަމަށް ބަލާ، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރަން ނިންމާފައިވާކަމަށެވެ.

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް އަދި ދ. ނޮޅިވަރަން މެޖިސްޓްރޭޓަށް އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރެވެ.

އަލްއުސްތާޛާ ނަޝާޠަތު ޒައީމް އަކީ ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލަށް އައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.