English Edition
Dhivehi Edition

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޗެއަރމަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އަދި ކޯޕަރައިޓައިޒޭޝަނުން އިބްރާހީމް މުޙައްމަދު ދީދީ އަކީ ސިފައިންގޭގައި ގިނަ ދުވަސްތަކެއް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ސަރަޙައްދުގެ ކޮމާންޑަރުކަން ވެސް ކުރައްވާފައި ވެއެވެ.

ސްޓެލްކޯގެ ޗެއަރމަންގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް އިބްރާހިމް މުޙައްމަދު ދީދީ އައްޔަންކޮށްފައިމިވަނީ އެ މަޤާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އަވަހާރަވުމާ ގުޅިގެންނެވެ.