English Edition
Dhivehi Edition

“އެމްއެސްއާރުސީ ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ފައިނަލް މިރޭ ކުޅޭިއރު، ސަޕޯޓަރުންނަށް ޚާއްޞަ ގުރުއަތެއް އޮންނާނެކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު (އެމްއެސްއާރުސީ) އިން އިންތިޒާމުކޮށްގެން ބާއްވާ، މޯލްޑިވިއަންގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް، “އެމްއެސްއާރުސީ ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަން ފައިނަލު މެޗު ކުޅޭނީ ހެންވޭރުގައި އޮންނަ ޕީކޭ ދަނޑުގައި ކަމަށެވެ. އަދި މެޗު ފަށާނީ ރޭގަނޑު 08:30 ގައި ކަމަށެވެ.

ގައުމީ އެއަރ ލައިނުން ބުނީ އެ މެޗު ބަލަން ދާ ސަޕޯޓަރުންގެ މެދުގައި ނެގޭ ގުރުއަތުން ނަސީބުވެރިވެރިއަކަށް ހޮވޭ އެއް ފަރާތަކަށް، މޯލްޑިވިއަން ފްލައިޓުތައް ދަތުރުކުރާ އިންޓަރނޭޝަނަލް މަންޒިލަކަށް ދެކޮޅު ޓިކެޓް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ލަކީ ޑްރޯގައި ބައިވެރިވުން ވެސް ކުރިއަށް ދާނީ ފައިނަލް މެޗު ކުޅޭ ޕީކޭ ދަނޑުގައި ކަމަށް ބުންޏެވެ.

ފައިނަލް މެޗު ނިމުމާއެކު ނަސީވެރިޔަކު ހޮވުން އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

މިއަހަރުގެ ފިރިހެން ޑިވިޝަން މުބާރާތް މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާ އިރު، އަންހެން މުބާރާތް ފެށުމަށް ނިންނާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.