English Edition
Dhivehi Edition

ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުމަށް ޚުތުބާގައި ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ތާރީޚު ލިޔުއްވާ ބޭބޭކަލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި އިންސާނުން އަޚްލާގީ ގޮތުންނާއި، ދީނީ ގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިގެންދިޔަ ދުވަސްވަރަކީ މީލާދީގޮތުން ފައްސަތޭކައިގެ އަހަރުތައްކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެދުވަސްވަރުގެ މުޖުތަމަޢުތަކުގައި އޭރުގެ މީސްތަކުން އަރައި ނުގަންނަ ފާފައެއް ނެތް ކަމަށެވެ. އަދި ނުހިންގާ ހަޑި މުޑުދާރު އަމަލެއް ވެސް ނެތް ކަމަށެވެ.

“އަޅުކަންކުރަން ހައްޤުވެގެންވާ އިލާހުގެ މަޢުރިފާވެރިކަން އޭރުވަނީ ގެއްލި އުވި ގޮސްފަ. އޭރު އަޅުކަން ކުރަމުންދިޔައީ އަމިއްލަ އަތުން ކޮށާ މަށައިގެން އަމިއްލައަށް އުފެއްދި ބުދުތަކަށް. ގަސްގަހާ ގެއްސާއި ކޯރުތަކާއި އަލިފާނަށް. މިފަދަ ދަށުދަރަޖައަކަށް އިންސަނިއްޔަތު ވެއްޓިފައި ވަނިކޮށް، ނަރަކައިގެ މި ފުން އަނދަވަޅުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށްޓަކާ މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ. އެކަލޭގެފާނު ފޮނުއްވީ އާލަމްތަކަށް ރަހުމަތެއްގެ ގޮތުގަ.” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން މިޒަމާނުގައިވެސް ދޭދޭ ގައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފް، ނުހަނު ދަށުދަރަޖައިގެ އަމަލެއްކަން ބަޔާން ކުރައްވަމުން، ހަގީގަތަށް ލޯބިކުރާ ކޮންމެ ރައްޔިތަކުވެސް މިފަދަ އަމަލުތައް ކުށްވެރި ކުރާނެކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.