English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފުވައްމުލައް ސިޓީގެ 6 މިސްކިތެއްގައި މި ހަފްތާގައި ހުކުރު ކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި، ރާއްޖޭގެ މަޝްހޫރު ދިނީ ޢިލްމުވެރިންނެވެ.

އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް، ޑރ. މުޙައްމަދު އިޔާޟް، އައްޝައިޚް ހަސަން ލަތީފް، އައްޝައިޚް އަޒްމަތު ޖަމީލް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ، އެ ސިޓީގައި އިމާމުންނާއި ޚަޠީބުންނަށް ޚާއްސަކޮށްގެން، ފެށި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެޑައިގަތުމަށެވެ.

މި ބޭފުޅުންގެ އިމާމުވެ ހުކުރުނަމާދު ކުރައްވާނެ މިސްކިތްތަކަކީ:

– މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ – މަސްޖިދު އުއްމުލްޤުރާގައި.

– މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް – މަސްޖިދުލް އިނާރާގައި.

– ޑރ. މުޙައްމަދު އިޔާޟް – ހުކުރު މިސްކިތުގައި.

– އައްޝައިޚް ހަސަން ލަތީފް – މަސްޖިދުލް ހިދާޔާގައި.

– އައްޝައިޚް އަޒްމަތު ޖަމީލް – މަސްޖިދުލް ތައުބާގައި.

– މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ – މަސްޖިދުލް އައްވާބްގައެވެ.

މި ހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ ކީރިތިރަސޫލާ މުޙައްމަދު ﷺ ދެކެ ލޯބިވުމުގެ މައްޗަށެވެ.