English Edition
Dhivehi Edition
ހިތަދޫ ސިޓީ ސްކޮޔަރ: ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީ ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ކެފޭއެއް ހުޅުވަން ނިންމާ އަމިއްލަ ޚަރަދުގައި ކެފޭ ހަދައި، އެ ކެފޭ ހިންގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެއިދާރާއިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިމުގައި ކެފޭއެއް ހިންގުމަށް ބޭނުންވާކަމަށެވެ. އަދި މި ކެފޭ ހިންގުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 ޖޫން 08 ވާ ބުދަ ދުވަހުން ފެށިގެން 2022 ޖޫން 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އެއިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 2022 ޖޫން 15 ވާ ބުދަ ދުވަހުގެ 10:00 ގައި ހިތަދޫ އިޖުތިމާޢީ މަރުކަޒުގައެވެ. ބީލަންތައްބަލައިގަތުމާއި، އަދި ބީލަން ހުށަހެޅުން އޮންނަނީ 2022 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

ޓެގު