English Edition
Dhivehi Edition

ގދ. ގައްދޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަަކަށް ހުރަސް އަޅުއްވާކަމުގެ ތުހުމަތު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް އަމާޒުކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަހުމަދު ޒާހިރު ވަނީ ގައްދޫގައި ހިންގުމަށް މަސައްކަތް ކުރި މަސް ފެކްޓްރީގެ މަސައްކަތަށް މިނިސްޓަރ އަމީރު ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ.

މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވެގެން މަސްފެކްޓްރީއެއް އަޅަން ހުށަހެޅުން ކައުންސިލް ބިޑްކޮށްގެން އެމީހުންނަށް އެކަން ކާމިޔާބު ވުމުން ދެން ސަރުކުކާރުން ކައުންސިލް ތެރެއަށް އަތްބާނައިގެން ނުފޫޒު ފޯރުވައިގެން އެބިޑް ފޮނުވާލީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށެވެ.

“މިގޮތަށް 8 މަސްދުވަހު ކައުންސިލާއި، އިންވެސްޓަރުންނާއި ދެމެދު މިކަން ހިނގައިދިޔަފަހުން، އެގްރީމަންޓް ތައްޔާރުކޮށް އެލްޖީއޭގެ ހުއްދައާއިއެކު މަސައްކަތް ފެށުމަށް ކޮންޓްރެކްޓް ކުރަން އުޅުމުން ސަރުކާރުގެ ނުފޫޒުން ކައުސިލް އެންގީ ބިޒްނަސް ރަޖިސްޓްރީ ކޮށްގެން އައުމަށް. އެކަން ކޮށްގެން ކޮންޓްރެކްޓަރު އައުމުންވެސް އަދިވެސް އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށްބުނެ މަސައްކަތް ވަނީ ހުއްޓުވާފަ.” އަހުމަދު ވިދާޅުވިއެވެ.

ގައްދޫ ތައްރައްގީއަށް ކުރެވޭ ކަންކަމުގައި މިނިސްޓަރ އަމީރު ވަރަށް ބޮޑަށް ހުރަސް އަޅަމުންދާކަމަށް މެމްބަރު އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ތަރައްޤީ ހުއްޓުވަމުންދާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.