English Edition
Dhivehi Edition
ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ފެރީއެއް

އެއްފަސްކޮށް އޮންނަ އައްޑޫ ސިޓީގެ ރަށްތަކާ، ވަކިން އޮންނަ ހުޅުމީދޫއާ ބްރިޖަކުން ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަޞައްވަރެއްކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ކުރިއަށް ދިޔަ “އަފިރިންނަސް ތައްޔާރަ” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ އާރިފް ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަކީވެސް އެއްރައްޔިތަކު އަނެއް ރައްޔިތަކާ އެއްގަމުގައި ދަތުރުކޮށްފައި ބައްދަލުކޮށްލެވޭ ފެންވަރަށް ތަރައްޤީ ގެންނެވުމަކީ ރައީސް ޔާމީންގެ ތަސައްވުރުކަމަށެވެ.

“ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެމަނިކުފާނު ގެންނަވާ ތަރައްޤީގެ ތެރެއިން މިހާރު އައްޑޫގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢާ، ދާދި ފަހުން އަޕްގްރޭޑް ކުރެވުނު ފެނުގެ ނިޒާމާ ހަމައިން ތަރައްޤީ ނުހުއްޓޭނެ” އާރިފް ވިދާޅުވިއެވެ.

ދާދި ފަހުން ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައިވެސް ޕީޕީއެމަށް މެޖޯރިޓީ ނެތްކަން ފާހަގަކުރައްވާ އަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީން އައްޑޫ ސިޓީގެ ތަރައްޤީއަށް އިސްކަން ދެއްވުމުން ދޭހަވެގެންދަނީ ވަކި ކުލައަކަށް ވަކި ރަށަކަށް ބެއްލެވުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ތަރައްޤީ ގެނަސްދެއްވާކަން ކަމަށެވެ.

އައްޑޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުން ދެވޭ ހިދުމަތް ބޭނުންނުކުރުމަށް އައްޑޫ ސިޓީގެ މޭޔަރު ގޮވާލުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ އަލީ އާރިފް ވިދާޅުވީ މޭޔަރުވެސް ބޭނުން ކުރައްވަނީ ހަމަ އެފެނުގެ ހިދުމަތްކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހެޔޮ އެދޭ މޭޔަރަކު ރައްޔިތުންގެ ލާބައަށް ފޯރުކޮށްދެވޭ ހިދުމަތެއް ބޭނުން ނުކުރުމަށް ގޮވާ ނުލައްވާނެކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ޓެގު

2 ކޮމެންޓް
ޢައީޝާ
އޮކްޓޯބަރު 22, 2017
ތަރައްގީ ކުރަން ކުލައަކަށް ސަޕޯޓަކަށް ބަލާކަށް ނުޖެހޭ..!! ހަމަހަމަ ވާން ޖެހޭނެ..!!
ޟާރީ
އޮކްޓޯބަރު 22, 2017
Rahyithun for