English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އީމާން

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އަތޮޅުގެ އެތެރެވަރިން ވެލި ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މި މަޝްރޫއު ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓްގައި ސޮއި ކުރުމާއި ހަމައަށް ވަގުތުތަކެއް ނެގި ނަމަވެސް ސޮއި ކުރުމަށްފަހު މަސައްކަތްތައް ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މި މަޝްރޫއު މޮބިލައިޒް ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. ޕްރޮޖެކްޓް މޮބިލައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހުންނާނެކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އީއައިއޭ ފައިނަލައިޒް ކުރަންޖެހޭ ކަމަށެވެ. އިތުރަށް އަސްލަމް ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އައްޑު އަތޮޅުގެ އެތެރެވަރިން ވެލި ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭނެކަމަށެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުއާ ހަވާލުވި ނެދަލޭންޑްސްގެ އޫޑް ޑްރެޖިން ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގު