English Edition
Dhivehi Edition
ވިލިމާލޭ ޑަބްލިއުޑިސީ ކެމްޕެއިނުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ވިލިމާލެ ޑަބްލިއުޑީސީ އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިހޯދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް (އީސީއެމް) ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އީސީއެމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމް އިން ވާދަކުރެއްވި ނާޒިމާއަށް ލިބިވަޑައިގެންނެވީ 359 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގެންނެވީ 358 ވޯޓެވެ.

މި އިންތިޚާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމް އިން ފާތިމަތު ނާޒިމާ އާއި އެމްއެންޕީ އިން އާމިނަތު ޝީޒާއެވެ. ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓަކު ހޯދުމަށް ހުޅުވާލިނަމަވެސް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.

ވިލިމާލޭ ޑަބްލިއުޑީސީ އިންތިޚާބުގައި 2900 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާއިރު، ވޯޓުލުމަށް ހަ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.

އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.