English Edition
Dhivehi Edition
ހުޅުމީދޫގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްގެ ކުރެހުމެއް

އައްޑޫ ސިޓީގެ ދެ އަވަށެއްގެ އިތުރުން ފުވައްމުލައް ސިޓީގެ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫއު، އަނެއްކާވެސް ބީލަމަށް ލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަނީ އައްޑޫ ސިޓީ ފޭދޫ، މީދޫ އަދި ފުވައްމުލައް ސިޓީގެ އިތުރުން އއ.އުކުޅަސް، ލ.ގަން، ޅ.ނައިފަރު، ރ.އަލިފުށި، ރ.ދުވާފަރުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން 18 މޭ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ 05 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެ ކުރިން ވެސް މި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.